Jump to content

ޕްރޯޖެސްޓަރޯން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Revision as of 20:53, 4 އެޕްރީލް 2013 by Addbot (ޚިޔާލު ސަފްޙާ | ޙިއްޞާ) (Bot: Migrating 34 interwiki links, now provided by Wikidata on d:q26963 (translate me))
(ފަރަގު) → ކުރީގެ ނުސްހާ | Latest revision (ފަރަގު) | ފަހުގެ ނުސްހާ ← (ފަރަގު)

ޕްރޯޖެސްޓަރޯން ނުވަތަ (އިނގިރޭސި ބަހުން: Progesterone)އަކީ ސްޓީރޮއިޑް ހޯރމޯން އެކެވެ. މިހޯރމޯން އަކީ މައްސަރު ކަންތައް ލައިގަތުން، މާބަނޑުވުން، އަދި ތުއްތު ދަރިފުޅު ބަނޑުގައި ބޮޑުވަމުން އަންނަ އައުން ފަދަ ކަންތައްތަކުގައި ޝާމިލްވާ އެއްޗެކެވެ. ބޭހުގެ ގޮތުގައި ބޭސް ކާރުޚާނަތަކުން އުފައްދައި ވިއްކަން ހުންނަ ޕްރޯޖެސްޓަރޯން އަށް ކިޔަނީ ޕްރޯޖެސްޓަޖަން(Progestogen) އެވެ.

ޕްރޯޖެސްޓަރޯން އުފައްދާ ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސްރަވައިގައި އުފެދޭ ކޯޕަސް ލޫޓިއަމް، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް ނުވަތަ ޕްލަސެންޓާ ހިމެނެއެވެ. މީގެ އިތުރުން ސިކުނޑި، އަދި އެޑްރީނަލް ގްލޭންޑް ގައި ވެސް މިހޯރމޯން އުފެދެއެވެ.